މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، ކެބިނެޓުން މި ނިންމުމުގެ އިތުރުން މީޑިއާ ވިލެޖްއެއް ގާއިމްކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް މުއައްސަސާތަކުން ވެފައިވާކަމަށެވެ.
މީޑިޔާ ވިލެއްޖެއް ގާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި އެކުގައި މަސްވަރާކޮށްގެން ކުރިޔަށް ގެންދަން އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީޑިޔާތައް ބާރުވެރިކުރުމަކީ ސަރުކާރުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމެއް ކަމަށާއި މި ވިލެޖް ގާއިމް ކުރުމަށް ކުރަންޖެހޭ މަސްވަރާތައް ކުރިޔަށް ދާކަމަށެވެ.