ޖާބިރު، އާދަމް މަނިކަށް އެއް މިލިއަން ޑޮލަރު ދެއްވީ، އެ ދެ ބޭފުޅުންގެ މެޗުގައި ހިނގި ވިޔަފާރީގެ އެއްބަސްވުމެއްގައި ސަރަނގު އާދަމް މަނިކު އަތުން ޖާބިރު ނެންގެވި ދަރަންޏެއް އަދާ ކުރެއްވުމަށެވެ.
މި ފައިސާ ޖާބިރު ދެއްވާފައިވަނީ ފައިސާ ނުދެއްވައިގެން، އާދަމް މަނިކު ދައުވާ ކުރެއްވުމުންނެވެ. މި މައްސަލަ ސިވިލް ކޯޓުން މިއަދު ނިންމާފައިވާއިރު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އާދަމް މަނިކު އަތުން ޖާބިރު ހޯއްދެވީ އެއް މިލިއަން، ތޭރަހާސް ތިން ސަތޭކަ ފަސް އެމެރިކާ ޑޮލަރު، މިދިޔަ ހަފްތާގައިވަނީ އަނބުރާ ރައްދު ކުރައްވާފައެވެ.
މިދިޔަ ހަފްތާގައި ޖާބިރު، އެ ފައިސާ ދެއްވާފައިވުމުން އާދަމް މަނިކުވަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނަންގަވާފައެވެ.