ads
3 އަންހެނަކަށް 7 ލައްކައެއްހާ ރުފިޔާ ދައްކަން އަލްހާނަށް ޖެހިއްޖެ
ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިންގެ ވިޔަފާރިކުރި ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި ތިން މީހަކަށް، ހަތް ލައްކައެއްހާ ރުފިޔާ ދައްކަން، ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނިން ފެށި ސްކީމްގައި ގިނަ ބަޔަކު ބައިވެރިވެ، ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓައި، ޖިނާއީ ތަހުގީގު ފެށުމުން ގިނަ ބަޔަކަށް ފައިސާ ނުލިބި ވަނީ ތާށިވެފަ އެވެ. އަލްހާންގެ މައްޗަށް އެކަމާ ގުޅިގެން ދައުވާ އުފުލާފަވަނިކޮށް، ސިވިލް ކޯޓުން މިއަދު ކުރި ތިން ހުކުމެއްގައި ގާތްގަނޑަކަށް ހަތް ލައްކަ ތިރީސް ހާސް ރުފިޔާ ދެއްކުމަށްވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އަދި، އަލްހާން ފަހުމީއާ، އޭނާގެ ކޮއްކޮ ސަހުބާން ފަހުމީގެ މައްޗަށް ހުކުމްކޮށްފައެވެ.

މިއަދު ހުކުމް ކުރި ތިން މައްސަލައަކީވެސް ތިން އަންހެނަކަށް ފައިސާ ދޭން ޖެހޭ މައްސަލައެވެ. މީގެ ތެރެއިން އެއް މައްސަލައަކީ، ފައިސާ އިންވެސްޓްކުރި އަންހެނަކު އިންވެސްޓްކުރި 110،000 ރުފިޔާއާ ގުޅިގެން އެ އަންހެން މީހާއަށް ލިބެން ޖެހޭ އިންވެސްޓްމެންޓްގެ ފައިދާ އާއި، ކޯޓު ފީ ހޯދުމުގެ މައްސަލައެވެ. މި މައްސަލައާ ގުޅިގެން އެ އަންހެން މީހާއަށް، ބައި މިލިއަން ރުފިޔާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދެއްކުމަށްވަނީ ހުކުމްކޮށްފައެވެ.

ދެވަނަ މައްސަލައަކީ، 25000 ރުފިޔާ އިންވެސްޓް ކުރި އަންހެނަކަށް ދޭން ޖެހޭ ފައިސާގެ މައްސަލައެވެ. މި މައްސަލައާ ގުޅިގެން އިންވެސްޓްމެންޓް ފައިދާއާއި ކޯޓު ފީއާއެކު ޖުމްލަ 115000 ރުފިޔާ ދޭން ހުކުމް ކުރިއެވެ.

އަދި ތިންވަނަ މައްސަލައަކީ، 15000 ރުފިޔާ އިންވެސްޓް ކުރި އަންހެނަކަށް ދޭން ޖެހޭ ފައިސާގެ މައްސަލައެވެ. ތިންވަނަ މައްސަލައާ ގުޅިގެން، 57500 ރުފިޔާ ދައްކަން އަލްހާންގެ މައްޗަށްވަނީ ހުކުމްކޮށްފައެވެ.

މިއަދު ސިވިލް ކޯޓުން ހުކުމް ކުރި ތިން މައްސަލަވެސް ހުކުމްކޮށްފައިވަނީ އަލްހާން އަދި، ކުންފުނީގެ ގައިރު ހާޒިރުގައެވެ.

73%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް