ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މާދަމާ ދުވަސް ފަށުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖޭގައި ބޮޑު ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުން ކަމަށެވެ.
އެގޮތުން މާލޭ ސަރަހައްދުގައި ވެސް ތިން މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކުރަން ހަމަޖެހިފައިވެއެވެ.
އެ ތިން މިސްކިތަކީ:
އޭގެ އިތުރުން ސަރުކާރުން ވަނީ ސުނާމީ ކާރިސާގައި މަރުވި މީހުންނާއި ގެއްލުންވި މީހުންގެ ހަނދާނުގައި ސުނާމީގެ ރާޅު އެންމެ ފުރަތަމަ އެރިކަމަށް ރެކޯޑް ކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ސްކޫތެއް ބޭއްވުމަށް ނިންމައިފައެވެ.