ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެންނެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު، ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުންދާ ދުވަހެކެވެ.
މި ކާރިސާގައި ރާއްޖެއިންވެސް 84 މީހަކު މަރުވެ، 24 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.
އަދި 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ބިކަ ހާލުގައި ޖެހުނުއިރު، ރާއްޖޭގެ އަބާދީގެ 62 އިންސައްތަ މީހުންނަން މި ހިތްދަތި ހާދިސާގައި އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.