ads
މިރޭ ޖަލްސާ ނިމެންދެން ދަރުބާރުގެ ކައިރީ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފި
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން މިރޭ ބާއްވާ ޖަލްސާ ނިމެންދެން ދަރުބާރުގެ ކައިރީގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފިއެވެ.

ފުލުހުން ބުނީ ޓްރެފިކް ފްލޯއަށް ބަދަލު އަންނާނީ މިރޭ 20:00 އިން ފެށިގެން ޖަލްސާ ނިމެންދެން ކަމަށެވެ. 

މިގޮތުން މޫން ލައިޓް ހިނގުމުން ފެށިގެން، މޫނިމާ ހިނގުމާއި ހަމައަށް އަމީނީމަގު ވަނީ ވަންވޭ ކޮށްފައެވެ. 

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު، ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުންދާ ދުވަހެކެވެ.

މި ކާރިސާގައި ރާއްޖެއިންވެސް 84 މީހަކު މަރުވެ، 24 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.

އަދި 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ބިކަ ހާލުގައި ޖެހުނުއިރު، ރާއްޖޭގެ އަބާދީގެ 62 އިންސައްތަ މީހުންނަން މި ހިތްދަތި ހާދިސާގައި އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް