ads
މަހަށް ނުކުމެ އުޅުން މީހަކު މަރުވެއްޖެ
ގއ. ވިލިނގިލީން މަހަށް ނިކުމު އުޅުން މީހަކު މަރުވެއްޖެއެވެ.

މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިޔާ އޮފިސަލް ވިދާޅުވީ ރޭގައި 12:25 ހާއިރު ގއ ވިލިނގިލީން މަހަށް ނިކުމު އުޅުން މީހަކު ހާލަތު ދެރަ ވެގެން ގއ. ދާންދޫ ހެލްތް ސެންޓަރަށް ގެންދިޔަކަން ފުލުހުންނަށް ރިޕޯޓު ކުރެވިފައިވާކަމަށެވެ.

"އެ މީހާ ހެލްްތް ސެންޓަރަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައިކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދިން،" -ފުލުހުންގެ މީޑިއާ އޮފިޝަލް-

މީޑިޔާ އޮފިސަލް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މަރުވެފައި ވަނީ ބަންގްލަދޭސް ގެ35 އަހަރުގެ ފިރިހެނެއް ކަމަށެވެ

މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިސަލް އިތުރަށް ފަހަގަ ކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް