ads
އައްމަޓީ ޕާސްޕޯޓް މައްސަލައިގައި ފަނޑިޔާރުންގެ ރައުޔު ތަފާތުވެއްޖެ
ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީ އާއި އެޑްވާންސް ފައިސާ ނެގުމަށް ފަހު، ފިލައިގެން އުޅުނު، ސީލައިފް އައްމަޓީގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައާ މެދު ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތު ވެއްޖެއެވެ.

ސީލައިފް އައްމަޓީގެ ޕާސްޕޯޓް، މިއަދުގެ ނިޔަލަށް ދޫކޮށްލާފައިވާ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ ހިޔާލު ތަފާތުވެފައިވާއިރު، މައްސަލަ ބެލި ފަނޑިޔާރުންގެ އަގްލަބިއްޔަތުން ނިންމީ، ދަށު ކޯޓުން އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލި ދޫކޮށްލުން ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ. އެ ގޮތަށް ނިންމީ، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ދަށު ކޯޓުގެ ނިންމުން ބާތިލު ކުރަން ރައުޔު ނެރުއްވީ ފަނޑިޔާރު ހުސެއިން މަޒީދުއެވެ. 

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ވަގުތީ ގޮތުންނެވެ. ކްރިމިނަލް ކޯޓުން ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކުން އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގޭ ކަމަށާއި މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ. އައްމަޓީގެ އާއިލާ ދިރިއުޅެނީވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތުފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީގޮތުން ސަސްޕެންޑްކުރަން ކްރިމިނަލް ކޯޓުން ނިންމިއެވެ. 

އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ނިންމީ އެ ނިންމުން ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ. އައްމަޓީ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އޭނާގެ ޕާސްޕޯޓް ހައިކޯޓުންވެސް ވަގުތީ ގޮތުން ހިފެހެއްޓިއެވެ. 

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރާއިރު، ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް