ads
މަކަރާއި ހީލަތްހަދާ މީހަކު އިތުރުބައެއްގެ އަތުން ފައިސާ ނެގިތޯ ބަލަނީ
މަކަރާ ހީލަތުން މީހުން އަތުން ފައިސާ ހޯދާ މީހަކު އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގ. ސިނަމާލެ 01 05-13 ޒައިދާން މުހައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބެލުމަށް ބޭނުންވާކަމަށެވެ.

"އެހެންކަމުން، ގ. ސިނަމާލެ 01 05-13 ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުން ބުންޏެވެ.

މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދާމައްސަލައިގައި ސަމާލުވުމަށް ފުލުހުން ވަރަށް ގިނައިން އިލްތިމާސްކުރެއެވެ. މިގޮތުން އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން މީހުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކާމެދު ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. 

އޮޅުވާލައިގެން ބޭންކުއެކައުންޓުަކުންނާއި، ގެދޮރު ވިއްކުމާއި ކުއްޔަށް ދިނުން ފަދަކަންކަމުގެ ނަމުގައިވެސް މީހުން އަތުން ފައިސާ އަތުލައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް