ads
ޖޭއެސްސީގެ އެސްޖީ އިޒްމީރާ ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މަގާމަށް
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި، އިޒްމީރާ ޝިހާމް، ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މަގާމަށް އައްޔަންކޮށްފިއެވެ.

ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، އިޒްމީރާ އައްޔަން ކުރިއިރު، އެ މަގާމް މިހާތަނަށް ހުސްކޮށް އޮތީ، ކުރިން އެ މަގާމްގައި ހުންނެވި ޑރ. ހުސައިން ފާއިޒު އެ މަގާމުން ވަކިކުރުމުންނެވެ. ޑރ. ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންފަހުންވަނީ ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މަގާމަށް އައްޔަން ކުރި އިޒްމީރާއަކީ 2019 ވަނަ އަހަރުން ފެށިގެން ޖޭއެސްސީގެ އިދާރީ އިސްވެރިޔާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިޒްމީރާ ޖޭއެސްސީން ވަކިވެ، ސުޕްރީމް ކޯޓުގެ ވަޒީފާއަށް މިހާރުވަނީ ނުކުންނަން ފަށްޓަވާފައެވެ. ސުޕްރީމް ކޯޓުން މިއަދު އާއްމު ކުރި ފޮޓޯއެއްގައިވެސް އިޒްމީރާ ހުއްޓެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ އެސްޖީ ފާއިޒު ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއަ ބެހޭ ޓްރައިބިއުނަލަށް ކަނޑައެޅި ނަމަވެސް އަލުން ވަޒީފާ ހޯދުމަށް ފާއިޒު އެދިފައި ނުވާތީ ޓްރައިބިއުނަލުން އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް