ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިންނާ ހީނާ ވާހަކަ ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
ރައީސް އޮފީހަށް ފޯނު ހިފައިގެން ނޫސްވެރިންނަށް ނުވަދެވުނު ހަބަރު ދޮގުކޮށްފި
ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރިންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނު ކަމަށް ބުނެ ފަތުރަމުން އަންނަ ހަބަރު ރައީސް އޮފީހުން ދޮގުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރިންނަށް ފޯނު ހިފައިގެން އޮފީހަށް ނުވަދެވުނު ކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓު ކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ހަބަރެއް ކަމަށެވެ. މިއަދު އެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރިން ވެސް ބައިވެރިވީ ފޯނާ އެކު ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް އޮފީހުން ބުނެފައި ވަނީ އެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި އަމަލުކުރަމުންދާ އާންމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމުގައި ވީނަމަވެސް ސެކިއުރިޓީ އާ ފޯނު ހަވާލުކުރެއްވުން ކަމަށެވެ.

އެހެންނަމަވެސް މިއަދު ވެސް އަދި މީގެ ފަހުން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރިންނަށް ފޯނާ އެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނެ އިންތިޒާމު އެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެ ގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ދިއުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް