ads
ވެލެންސިޔާގެ ޗެއާމަން އަބްދުﷲ އަޒްމީން
ވެލެންސިޔާގެ ޗެއާމަނަކަށް އަޒްމީން
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބުކަމަށްވާ، ކްލަބް ވެލެންސިއާގެ އާ ޗެއާމަނަކަށް، ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން އައްޔަންކޮށްފި އެވެ.

އަޒްމީނަކީ ކުޅިވަރު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މެދު ނުކެނޑި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. ހަވީރު ނޫހާއި ޓީވީއެމްގައި ކުރިން، މަސައްކަތް ކުރި އަޒުމީނަކީ ނޫސްވެރިއެއްގެ އިތުރުން ފުޓްބޯޅަ ކޮމަންޓްރީ އާއި އެނަލިސްސި އަށް ވެސް ހާއްސަ ބޭފުޅެކެވެ. 

ވެލެންސިއާގެ އެންމެ އިސް މަގާމާ އަޒްމީން ހަވާލު ވީ، އެ ކްލަބްގެ ކުރީގެ ޗެއާމަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮއްކޮ ރަސްލާން އަދީލް ޖަލީލް އިސްތިއުފާ ދެއްވުމުންނެވެ. 

ނޫސްވެރިކަމުގެ ދާއިރާއިން ޒުވާނުންގެ އިނާމާއި ގައުމީ އިނާމު ވެސް ހާސިލުކޮށްފައިވާ، އަޒްމީން، ރަސްމީ މަސައްކަތް ކުރައްވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.  

ރާއްޖޭގެ އެންމެ ދުވަސްވީ ކްލަބުތަކުގެ ތެރޭގައި ހިމެނޭ، އަދި އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ވެލެންސިޔާގެ ޗެއާމަންކަމާ އަޒްމީން ހަވާލުވީއިރު، އެ ކްލަބު އޮތީ މާލީ ގޮތުން ބޮޑު އަނދަވަޅެއްގެ ތެރޭގައެވެ. މާލީ މައްސަލަތަކާ ހުރެ، ދިވެހި ލީގުގެ ވަކި ހިސާބަކުން ވެލެންސިޔާވަނީ މުބާރާތުން ވަކިވެފައެވެ. އަދި އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުން މިދިޔަ އަހަރު ވަކިވުމުން ވެލެންސިޔާއަށް އޭއެފްސީން ފިޔަވަޅުވެސް އެޅިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް