ads
ކުރީގެ ރައީސް ޔާމީން ޕީއެންއެފަށް ސޮއިކުރައްވަނީ
ޔާމީނަށް ދީފައިވާ ލުއިތައް ރިވިއުކުރަނީ
މަނީ ލޯންޑަރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައިވާ ލުއިތައް ރިވިއު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

ޝަރުތުތަކާއެކު ގޭބަންދަށް ދޫކޮށްފައިވާ ޔާމީން އަންނަނީ އިސްވެ ހުންނަވައި ޕީޕަލްސް ނޭޝަނަލް ފްރޮންޓ(ޕީއެންއެފް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޖަލު ހުކުމެއްގައި ހުންނަ މީހަކު ސިޔާސީ ހަރަކާތްތަކުގަައި ބައިވެރިވުން ގާނޫނޫގައި ވަނީ މަނާކުރެވިފައެވެ. 

އެހެން އޮންނަ އިރު ތަކުރާރުކޮށް ޔާމީން އަންނަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވަމުންނެވެ. 

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކަރެކްޝަންސް އިން ވަނީ ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވާ މައްސަލަ ބަލަމުން އަންނަކަމަށް ބުނެފައެވެ. 

ޔާމީން ވަނީ އެފަހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން އަދި ޓީވީ ޕްރޮގްރާމުތަކުގައި ބައިވެރިވެވޭ ގޮތައް ލުއިދިނުމަށް ކަރެކްޝަންސްގައި އެދިފައެވެ.

ނަމަވެސް ކަރެކްޝަންސް އިން ވަނީ ލުއިދިނުމަށް ދެކޮޅު ހަދާފައެވެ.

ރަައީސް ޔާމީން މިނިވަންކުރުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

58%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް