ads
ދިވެހިން އެކަކު އަނެކަކުގެ އިއްޒަތާ އަބުރަށް ހުރަމަތްތެރިކޮށް ހިތަން ޖެހޭ: ރައީސް
އެކަކު އަނެކަކުގެ އިއްޒަތާ އަބުރަށް ހުރުމަތްތެރިކޮށް ހިތަން ދިވެހީންނަށް މިއަދު މަގު ދައްކައިދޭން ޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ އޮތް ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، އިހު ޒަމާނުގައި ދިވެހީންގެ ތެރޭގައި އުފެދިފައި އޮތީ މާތް އަހްލާގީ ޖީލެއް ކަމަށެވެ. އަދި ހަރުދަނާ މުޖުތަމައުއެއް އުފެދި، ޒިންމާދާރު ގައުމެެއް ބިނާވި ކަމަށެވެ.

އެ ހުރިހާ ސިފަތަކެެއް ދިވެހީންގެ ގައިގާ އުފެދިގެން އައީ އިސްލާމީވަންތަ އެެއްބައިވަންތަ ގައުމަކަށް ރާއްޖެ ވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ރާއްޖެއަށް އާދެވިފައިވާ ހިސާބާ ބެހޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، އެއީ ވިސްނާލަން ރަނގަޅު ކަމެެއް ކަމަށެވެ. 

”އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެންގެ އާއިލީ ގުޅުންތަކަށް ފަރުވާ އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާ އެެއްބަނޑު އެއްބަފާ ކަން ގާއިމު ކުރުމަށް އެހީ އެބަ ބޭނުންވޭ. ދިވެހީން އެކަކު އަނެކަކުގެ އަބުރަށް، އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މަގު ދައްކައިދޭން އެބަޖެހޭ. ހިތްތަކަށް ރަހުމާ ކުލުނުގެ މޫސުމެއް އަންނާން އެބަޖެހޭ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ދެކެން ބޭނުންވަނީ މާޒީން ފެނުނު އެކުވެރިކަމާ ގުޅުންތެރިކަމުގެ ދުވަސް ކަމަށެވެ. މިއަދު ފާހަގަކުރާ އެެއްބައިވަންތަކުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ އެއީ ކަމަށް ރަައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މާޒީގައި ދިވެހީން އުޅުނީ އެކަކުގެ އަންނައުނުން އަނެކެއްގެ އުނު ނިވާކޮށްދީ، އެކެއްގެ ބަތް ސުވަލުން އަނެކެެއްގެ ހައިހޫނުކޮށްދީގެން ކަމަށެވެ. އަދި އޭރު ދިވެހީން އުޅުނީ އެކެއްގެ ރެއާ ދުވާލު މަސައްކަތުން ހިލޭ ސާބަހަށް އަނެކެއްގެ ގޯތި ކުނިކަހާ ސާފުކޮށްދީގެން ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް