ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ މަހްލޫފު، އަދި ދަރިކަނބަލުން އެލީ ބައްދަލުކުރީ، ސައުދީ އަރަބިއްޔާގައި ރޮނާލްޑޯ ރޭ ކުޅުނު މެޗަށް ފަހުއެވެ. މި މެޗުން ފަސް ލަނޑު ދެ ލަނޑުން މޮޅުވީ ރޮނާލްޑޯގެ ޓީމެވެ.
ކުރީގެ ކުޅިވަރު ވަޒީރު ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާވަނީ އާއިލާއާއެކު އުމްރާގެ އަޅުކަން އަދާ ކުރައްވާފައެވެ. އަދި މަހްލޫފުގެ ދަރިކަނބަލުންވަނީ ސައުދީ އަރަބިއްޔާގައި އޮތް ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ކުޅެފައެވެ.