ads
ޙެލްތު މިނިސްޓަރު ޑރ. ހަލީލް މީޑިއާއާއި ވާހަކަދައްކަވަނީ— ފޮޓޯ؛ އެމްއޯއެޗް
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަނީ
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަންނަ އަހަރު ތެރޭގައި އަޅަން ފަށާނެކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ 

އަންނަ އަހަރު ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފަވާއިރު އެ ޕްރޮޖެކްޓް 3 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ހިދުމަތް ދެވޭވަރު ވާނެކަމަށް ހަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. ޗައިނާ ސަރުކާރުގެ އިސް ވަފްދެއް މިއަދު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް މިއަދު ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

 ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މައިގަނޑު ބޭނުމަކީ ވިލިމާލޭގެ ރައްޔިތުން ސިއްޙީ ހިދުމަތް ހޯދުމަށް މާލެއަށް ދާން ޖެހޭ ތަކުލީފުކުޑަކޮށް، މާލޭގައި ހުރި ހޮސްޕިޓަލްތަކަށް ބާރު ކުޑަކުރުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
 ވިލިމާލޭގައި އަލަށް އަޅާ ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްކަމަށާއި، މުހިއްމު ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް ހަލީލް ވިދާޅުވިއެވެ.

 ހޮސްޕިޓަލްގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ގެންދަވާނެކަމަށާއި، އަވަހަށް ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއްކަމަށް ހަލީލް ވިދާޅުވިއެވެ. ވިލިމާލޭގައި އަޅާ އައު ހޮސްޕިޓަލަކީ ތިމާވެއްޓާ ރަށްޓެހި ކޮންސެޕްޓަކަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް