މި ކަލަންޑަރު ލޯންޗުކޮށްފައިވަނީ ރޭގައި ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ. މި ކަލަންޑަރު ލޯންޗުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ސަފީއުއެވެ.
މިނިސްޓަރު މި ހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިރާގު އަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތް ކަމަށެވެ. މީގެ އިތުރުން ޑިޖިޓަލް އަދި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުމައްޓަކާއި ޒުވާނުން ބާރުވެރިކުރުވުމުގައި އެންމެ ބޮޑަށް ހަރަކާތްތެރި ވާ ކުންފުނި ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ދިރާގު ފާހަގަވެގެން ދަނީ ކޮންމެ އަހަރަކުވެސް ނެރޭ ކަލަންޑަރު ވަރަށް ވެސް ތަފާތުކޮށް އަދި އިނޮވޭޓިވް ކޮށް ފަރުމާ ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށާއި މި ފަހަރު ނެރުން ކަލަންޑަރަކީވެސް ހަމަ އެފަދައިން ވަރަށް ތަފާތު އަދި މޮޅު ކަލަންޑަރެއް ކަމަށެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ، އަލީ ރިޔާޒް ވިދާޅުވީ، ކަލަންޑަރުގައި ދައްކުވައިދޭ 'ޑިޖިޓަލްރާއްޖެ' އެއްގެ ތަސައްވަރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ. އަލީ ވިދާޅުވީ މި ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު 'އިންސްޕަޔަރ' ވެގެން ދާނެ ކަމަށްވެސް އުއްމީދުކުރައްވާ ކަމަށެވެ.