ads
ވޯޓުލާ މަރުކަޒެއްގެ އެތެރެ: ފޮޓޯ އީސީ
އާއިލާގެ އެންމެންގެ ވޯޓު ގަންނަން ދިން ފައިސާ ހޯދަން ކޯޓަށް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގެ ތެރޭގައި އާއިލާއެއްގެ ހުރިހާ އެންމެންގެ ވޯޓު ހޯދުމަށް ކަމަށް ބުނެ ދިން ފައިސާ އަނބުރާ ހޯދަން ކޯޓަށް ހިނގައްޖެއެވެ.
Advertisement

މިއީ މާލޭން އުތުރުގެ ރަށެއްގައި ހިނގި ހާދިސާއެކެވެ. މި ހާދިސާގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކާ ދިމާކޮށް، އާއިލާއެއްގެ ހުރިހާ އެންމެންގެ ވޯޓު ދޭނެ ކަމަށް ބުނުމުން ވިޔަފާރިވެރިޔަކު އެ އާއިލާގެ ދެމަފިރިއަކަށް ފައިސާ ދިނެވެ. 

މައްސަލަ ކޯޓުން މިހާރު ނިމިފައިވާއިރު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދެމަފިރިންނަށް 132000 ރުފިޔާވަނީ ލޯނެއްގެ ގޮތުގައި ދީފައެވެ.

އިންތިހާބާ ދިމާކޮށް މި ފައިސާ ދީފައިވަނީ ލިޔެކިޔުމަކުން އެއްވެސް އެއްބަސްވުމެއް ނެތި، ދެ ފަރާތުގެ މެދުގައި ދެކެވުނު ވާހަކަތަކުގެ އަލީގައެވެ. އެ ފައިސާ ހޯދަން ވިޔަފާރިވެރިޔާ ފަހުންވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

"ބުނި ބުނުމަކަށް މަހަކު 7000 ރުފިޔާ ދައްކާ ގޮތަށް ފައިސާ ދިނީ. އެ ވާހަކަތައް ލިޔެކިޔުމަކު ނެތް. އެކަމަކު ހުރިހާ ތަފްސީލެއް އެބަހުރި. ބައެއް ފައިސާ އަނބުރާ ދައްކާފައިވެސްވޭ. ޖުމްލަ 153040 ރުފިޔާ ދިނިން. އޭގެ ތެރެއިން ލިބުނީ 21000 ރުފިޔާ،" މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ނިންމި މި މައްސަލައިގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެ އާއިލާގެ ދެމަފިރިންގެ ފިހާރައަށް ގެނައި މުދާތަކެއް ނުނެރެވިގެން އުޅުން ދަނޑިވަޅަކާ ދިމާވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގެ ދަނޑިވަޅަކާއެވެ. އެކަމުގެ ތެރޭގައި އެ ދެމަފިރިންނާ ވާހަކަ ދެއްކުމުން، 50000 ރުފިޔާ ދީފިނަމަ ގޯތި އެންމެންގެ ވޯޓު ދޭނެ ކަމަށް ބުނެ ފައިސާ ހޯދިއެވެ. އަދި އެކަން ކުރާނީ ވަރަށް ސިއްރިއްޔާތުގައި ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ވިޔަފާރިވެރިޔާ، ދިން ލާރި ހޯދަން ކޯޓަށް ދިޔަނަމަވެސް، ފައިސާ ދިންކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނެތުމުންނާއި އަދި އެ މުއާމަލާތްތައް ހިނގާފައިވާކަން ސާބިތުކޮށްދެވޭނެ ގޮތެއް ނެތުމުން އެ ފައިސާ ނަގައިދިނުމަށް ހުކުމެއް ނުކުރިއެވެ.

މައްސަލައިގެ ހުކުމުގައި މެޖިސްޓްރޭޓް ވިދާޅުވެފައިވަނީ ދައުވާ ކުރާ ފަރާތުން ބުނާ ފަދަ މުއާމަލާތެއް ދައުވާ ލިބޭފަރާތާ މެދު ހިނގާފައިވާކަމެއް އަދި ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއް ދެފަރާތުގެ މެދުގައި ވެފައިވާކަން ޝަރީއަތަށް ސާބިތުވާ މިންވަރަށް ދައުވާ ކުރާ ފަރާތުން ހެކި ހުށަހަޅާފައިނުވާތީ މި ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފިން ކަމަށެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް