ads
ވިކްޓްރީ ޕީކޭ މެޗުގެ ތެރެއިން
ދެވަނަ ޑިވިޝަން: ވިކްޓްރީ ފެށީ ފަސޭހަ މޮޅަކުން
ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބުން، ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް މޮޅަކުން ފަށައިފިއެވެ.

ވިކްޓްރީ، އެ ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މޮޅުވީ، ކްލަބު ޕީކޭ އަތުންނެވެ. ޕީކޭ އަތުން ވިކްޓްރީ މިއަދު މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. 

މިއަދު ހަވީރު ކުޅުނު މެޗަށް ވިކްޓަރީ އާއި ޕީކޭ އިން ނެރުނު ފުރަތަމަ އެގާރަ އަށް ބަލާއިރު، ދެ ޓީމުގައި ވެސް ގިނައީ ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން ގަވާއިދުން ކުޅެފައިވާ ކުޅުންތެރިންނެވެ.

ވިކްޓްރީން ލީޑުނެގީ މެޗުގެ 35 ވަނަ މިނިޓްގައި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭފް ޖެހި ގޯލުންނެވެ. ވިކްޓަރީން ލީޑުފުޅާކުރި ލަނޑު ޖެހީ މެޗުގެ 55 ވަނަ މިނިޓްގަ އެވެ. މިއީ ޕެނަލްޓީ އަކުން ވިކްޓަރީގެ ފާރޫކް ހައިދަރޯވް ޖެހި ގޯލެކެވެ. މެޗުގެ 75 ވަނަ މިނިޓްގައި ވިކްޓަރީގެ ފަހު ގޯލު ޖެހީ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް އެވެ.

މުބާރާތުގައި ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ ދުވަހު، 3:50 ގައި ފަށާ މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބް ކުޅޭނީ ކުޑަހެންވޭރު ޔުނައިޓެޑާ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް