ads
ޗެކިން ވުމުގައި ދިމާވި މައްސަލަ ހައްލުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބައިނަލް އަގުވާމީ އަދި އެތެރޭގެ ފްލައިޓް ޗެކިން ވުމުގައި ދިވާމި މައްސަލަ ހައްލު ކުރެވިއްޖެކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއެލްސީއެލް) އިން ބުނެފި އެވެ

ޗެކިން ވުމުގައި ދިމާވި މައްސަލަ އަކީ ޓެކްނިކަލް މައްސަލަ އަކާއި ހުރެ ދިމާވި ކަމެއްކަމުގައި އެމްއޭސީއެލް އިން ބުނެފައި މިއަދު އެ ކުންފުނިން ކުރި ޓްވީޓެއްގައެވެ.

ދިމާވީ ސީދާ ކޮން މައްސަލައެއް ކަމެއް އެމްއޭސީއެލުން ހާމަކޮށްފައި ނުވި ނަމަވެސް އެމްއޭސީއެލް އިން ވަނީ މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ދިމާވެދާނެ މައްސަލައަކަށް މާފަށް އެދިފަ އެވެ.

ނަމަވެސް މިހާރު ދިމާވި މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި އަދި ދިމާވި ދަތިތަކަށް އެމްއޭސީއެލުން ވަނީ ފަސިންޖަރުންގެ ފަރާތުން ދިން އެއްބާރުލުމަށް އެ ކުންފުނިން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

މިދުވަސްކޮޅަކީ ސްކޫލް ބަންދު ދުވަސްވަރުކަށް ވެފައި ފަތުރުވެރިކަމުގެ ޕީކް ދުވަސްކޮޅު ކަމުން އަތޮޅުތަކަށް އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް