ads
ކޮޅު ބަދަލު ކުރި 13 މެންބަރުންނަށް ފާޑު ކިޔަނީ
މަޖިލިސް މެމްބަރުންނަށް ކުރާ އިތުބާރު ކުޑަވަމުން އަންނަ ވާހަކައިގެ އަޑު ގަދަވަމުންދާ އިރު އެމްޑީޕީގެ 13 މެމްބަރަކު ރޭގެ ވަގުތެއްގައި ވެރިކަން ކުރާ ޕީއެންސީއަށް ސޮއި ކުރުމާއެކު އެ މެމްބަރުންނަށް ފާޑު ކިޔަން ފަށައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި މެމްބަރުންތައް ޕީއެންސީއަށް ސޮއިކޮށް އެ ފޯމް ހަވާލު ކުރީ ޕީއެންސީގެ ރައީސް، ރައީސް މުއިއްޒު އާ އެވެ. ދަރުބާރުގޭގައި ބޭއްވި ބޮޑު އެއްވުމުގައި 13 މެމްބަރުން އިންތިހާބުވި ޕާޓީ ދޫކޮށް ވެރިކަން ކުރާ ޕާޓީ އާ ގުޅުމާއެކު ސޯޝަލް މީޑިއާ އާއި އެހެން ވަސީލަތްތަކުގައި އަންނަނީ ވަރަށް ބޮޑަށް އެ މެމްބަރުންނަށް ފާޑު ކިޔާ ތަފާތު ތުހުމަތުތައް ވެސް ކުރަމުންނެވެ.

މެމްބަރުންތައް ކޮޅު ބަދަލު ކުރުމާއެކު އެކި މީހުންގެ އިހުސާސްތައް ވަނީ ބަންޑުންކޮށްލާފަ އެވެ. އެއް ބަޔަކު މިކަމާ ނުރުހުން ފާޅު ކުރަމުން ބުނަމުން ދަނީ ޕާޓީ އަށް މީހުން އިތުރު ކުރުމަކީ އެއްގޮތަކަށް ވެސް މައްސަލައެއް ނޫންކަމަށާއި ނަމަވެސް ގުޅިގެން ދިޔަ 13 މެމްބަރުންގެ އެ ނިންމުން ބަލައިނުގަނެވޭ ކަމަށެވެ.   

އެ މެމްބަރުންނަކީ އެއްވެސް އާރެއް ބާރެއް ނެތް އެމްޑީޕީގައި ތިބި ދެފުށްދެގޮތް މީހުން.މީގެ އިތުރުން އެ މެމްބަރުން އެއްވެސް ބަޔަކަށް ހެޔޮ އެދޭނެ. އެ މީހުން އަބަދުވެސް އެ ދުވަނީ އަމިއްލަ އެދުން އިސްކޮށްގެން. ދިވެހި ސިޔާސީ މީހުންނަކީ އެ ފަދަ ގޮތެއް ނެތް ބައެއް. މިއީ ވަރަށް ދެރަ ކަމެއް.

ކޮޅު ބަދަލު ކުރި މީހުން ބުނާގޮތުގައި އެ މެމްބަރުން އެއްވެސް ބަޔަކަށް ރަނގަޅުގޮތެއް ވުމަކަށް ނޭދޭނެ އެވެ. އަދި ބައެއް މީހުން ސިފަކޮށްފައިވާ ގޮތުގައި މިއީ އެއްވެސް ގޮތެއް ފޮތެއް ނެތް ސިޔާސީ ޓްރާސްފާ މާކެޓެކެވެ. 

" ސިޔާސީ ބޭފުޅުން ވޯޓު ހޯދަން ވީމާ އަންނާނީ ނިކަމެތި ރައްޔިތުން ކައިރިއަށް. ވަކި ޕާޓީ އަކުން ކުރިމަތިލައި ހޮވުމުން ދެން ޕާޓީ ބަދަލު ކުރުން އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއް. ހޮވެންވީމަ ވައުދާ ހުވާކޮށް ޕާޓީ ބަދަލު ނުކުރާނެކަމަށް ބުނެ ދައްކާ ވާހަކަަތަކުގެ މަތިން ހޮވުމުން ހަނދާން ނައްތާލަމުން ދަނީ. މެމްބަރުކަމަށް ކުރިމަތިލާ ޕާޓީ ދޫކޮށްލުމަކީ ހަގީގަތުގައި ވެސް ވަރަށް ދަށްފެންވަރުގެ ކަމެއް. އެދިޔަ މެމްބަރުންނަކީ އެ ކަހަލަ ބައެއް،" ސޯޝަލް މީޑިއާގައި ބައެއް މީހުން ލިޔެފައިވެ އެވެ.

 ޕީއެންސީއަށް ސޮއިކުރެއްވި 13 މެމްބަރުންނަކީ:

  1. މަރަދޫ ދާއިރާ މެމްބަރު އިބްރާހީމް ޝަރީފު
  2. ފޭދޫ ދާއިރާ މެމްބަރު މުހައްމަދު ނިހާދު
  3. މައްޗަންގޯޅި ދެކުނު ދާއިރު މެމްބަރު އަހުމަދު ހައިތަމް
  4. އިސްދޫ ދާއިރާ މެމްބަރު އަލީ ހަމީދު
  5. ކަނޑިތީމު ދާއިރާ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް
  6. ކުރެންދޫ ދާއިރާ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް
  7. މަތިވެރި ދާއިރާ މެމްބަރު ހަސަން ޒަރީރު
  8. މުލަކު ދާއިރާ މެމްބަރު އިބްރާހީމް ނަސީމް
  9. ނިލަންދޫ ދާއިރާ މެމްބަރު އަބްދުލް މުހުސިން ހަމީދު
  10. މާފަންނު ދެކުނު ދާއިރާ މެމްބަރު އާދަމް އަލީ
  11. ކޮމަންޑޫ ދާއިރާ މެމްބަރު މުހައްމަދު ރާޝިދު
  12. ތޮއްޑޫ ދާއިރާ މެމްބަރު ހަސަން ޝިޔާން 
  13. ގުރާދޫ ދާއިރާ މެމްބަރު އިބްރާހީމް ޝާޒް

މި މެމްބަރުންގެ ތެރެއިން މަރަދޫ ދާއިރާ މެމްބަރު އިބްރާހީމް ޝަރީފު ވަނީ ހޯމަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއަށް ސޮއިކޮށްފަ މިވަނީ، އެމްޑީޕީން ރައީސުލް ޖުމްހޫރިއްޔާ އަޒުލް ކުރެވޭގޮތައް މަޖިލީހުގެ ގަވައިދަށް ބަދަލުގެނެސްފައިވަނިކޮށެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް