ads
ބައްސާމް ފީފާގެ ރައީސްއާއެކު
ސްޕޯޓްސް ކޮމިޝަނަރަށް ގޮންޖަހައި، ބައްސާމް އިންތިހާބު ބާއްވަނީ
އެފްއޭއެމްގެ އިންތިހާބު ހުއްޓާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް އަންގާފައިވާ އެންގުމަށް ގޮން ޖަހައި، އިންތިހާބު ކުރިއަށް ގެންދަން މަގާމު ގެއްލިފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފިއެވެ.
Advertisement

ބައްސާމަށް އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ގެއްލުނީ، އޭނާގެ އެކްސްކޯގެ ގާނޫނީ އަދަދު ހަމަވާ ވަރަށްވުރެ އިތުރަށް އެކްސްކޯ މެންބަރުން އިސްތިއުފާ ދިނުމުންނެވެ. އެކްސްކޯގައި ޖުމްލަ ނުވަ މެންބަރުން ތިބޭއިރު، ފަސް މެންބަރުންވަނީ މަގާމުން އިސްތިއުފާދީފައެވެ.

އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިހާބުގެ ކަންކަން މަޑު ޖައްސާލުމަށް، ސްޕޯޓްސް ކޮމިޝަނަރުވަނީ އަންގާފައެވެ. 

އެކަން ހާމަކޮށް، ބުރާސްފަތި ދުވަހު ސްޕޯޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މިވަގުތު ހިނގަމުންދަނީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންވެ ފީފާ އާއި އޭއެފްސީއާ މަޝްވަރާކޮށް ގޮތެއް ނިންމަންދެން އެފްއޭއެމް އިންތިހާބު ކުރިއަށް ނުގެންދިއުމަށް އެފްއޭއެމަށް އަންގާފައިވާ އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާން ނެރުންތާ އިރުކޮޅެއްގެ ތެރޭގައި އެފްއޭއެމުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެފްއޭއެމުން ބުނެފައި ވަނީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ އަޣުލަބިއްޔަތު ގެއްލިފައި ނުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި، ޖަމިއްޔާތަށް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން، އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އަށް އައްޔަންކޮށްފައިވާ މެމްބަރުންނަށް މަސްއޫލިއްޔަތު އަދާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ހަމަ އެހެންމެ، މެމްބަރުންގެ ސައްހަކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޭގެ ފަހުން އެފްއޭއެމްގެ ރަސްމީ މީޑިއާ ގުރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އެ އިދާރާގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، އިންތިޚާބުގެ ކަންކަން ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

67%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް