ads
ރެއާލް މެޑްރިޑްގެ ކޯޗު، ކާލޯ އަންޗެލޮޓީ
އަންޗެލޮޓީ ރެއާލްގެ ކޮންޓްރެކްޓް އާކޮށްފި
ރެއާލް މެޑްރިޑްގެ ކޯޗު، ކާލޯ އަންޗެލޮޓީ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

ކާލޯ އަންޗެލޮޓީގެ ކޮންޓްރެކްޓް އާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. މިހާރު ރެއާލް މެޑްރިޑްގެ ކޯޗުގެ ގޮތުގައި ހުރި ކާލޯ އަންޗެލޮޓީ އެ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުން މި އާކުރީ، އޭނާ ބްރެޒިލްގެ ކޯޗު ކަމާ ހަވާލުވާން އުޅޭ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.

2024 ވަނަ އަހަރުގެ ޖޫންއަށް ކޮންޓްރެކްޓް ހަމަވާން އޮތް އަންޗެލޮޓީގެ ކޮންޓްރެކްޓް އިތުރު ދެ ސީޒަނަށް އިތުރު ކުރުމާއެކު، އޭނާ ބްރެޒިލަށް ބަދަލުވާން އުޅޭ ކަމަށް ދެކެވެމުން އައި ވާހަކަތަކަށް ނިމުމެއް އައީއެވެ. ކުރިން ބެލެވިފައި އޮތީ، އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުރިން އަންޗެލޮޓީ ބްރެޒިލް ޓީމާ ރަސްމީކޮށް ހަވާލުވާނެ ކަމަށެވެ.

މި ސީޒަން ފެށުމުގެ ކުރިން އަންޗެލޮޓީ ބުނެފައިވަނީ މިއީ އޭނާގެ ކޯޗިންގެ ކެރިއަރުގެ ފަހު ސީޒަން ކަމަށާއި، މި ސީޒަނަށްފަހު ރިޓަޔާކުރާނެ ކަމަށެވެ. ނަމަވެސް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނަނީ އަންޗެލޮޓީ އެ ގައުމުގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށެވެ.

އަންޗެލޮޓީ އަކީ ޔޫރަޕްގެ ކުލަބު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެކެވެ. މިގޮތުން އަންޗެލޮޓީ ވަނީ އޭނާ ޔޫރަޕްގެ ފަސް ލީގެއްގެ ޓީމްތަކަށް އިރުޝާދުދީ ފަސް ލީގުގެވެސް ތަށި ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް