ads
ކެންސަރުގެ ބަލި މީހުންނަށް އައިޖީއެމްއެޗްގައި ހުޅުވި ހާއްސަ ވޯޑް
އާފިޔާގެ ތަޖްރިބާ: ކެންސަރު ހޮސްޕިޓަލެއް ރާއްޖެއަށް މުހިއްމު
ކެންސަރު ބަލީގެ ފަރުވާދޭ ހޮސްޕިޓަލެއް ރާއްޖޭގައި ހުރުން މުހިއްމުކަން ފާހަގަކޮށް ކެންސަރަށް ފަރުވާ ހޯދުމަށް ކުރަމުންދާ ދަތުރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ، ފާތުމަތު އާފިޔާ، އޭނާގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފިއެވެ.
Advertisement
ކެންސަރު ބަލި ތަހައްމަލް ކުރަމުން އަންނަ އާފިޔާ ވަނީ އޭނާގެ ވާހަކަ ފޭސްބުކް މެދުވެރިކޮށް އާންމުންނަށް އޭނާގެ ތަޖުރިބާގެ ހުލާސާއެއް ހިއްސާކޮށްފަ އެވެ. އަދި އާފިޔާ ވަނީ ރާއްޖޭގައި މިހާތަނަށް ކެންސަރު ފަރުވާދޭ ހޮސްޕީތަލެއް ނެތުމުން ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑު ކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އާފިޔާ ބުނީ 2023ގެ ޖުލައިމަހު އޭޑީކޭއިން ޕެޓް ސްކޭނާއެއް އަލަށް ގެނެސްގެން އުޅުނުއިރު އޭގެ ސްކޭނެއް ހަދާދިނީ MVR 16,016.00އަށް އަދި މިއީ 1038ޑޮލަރުކަމަށެވެ. އަދި މި މޭމަހު މެޑިކަލް ރިވިުއަށް އޭނާ ބެންގަލޫރަށް ކުރި ދަތުރުގައި ޕެޓްސްކޭން ހައްދަން އާސަންދައިން، ހެޗް ސީ ޖީ ހޮސްޕިޓަލްގެ ބިލަށް އެޕުރޫޕްކުރީ 150ދޮލަރު ކަމަށް އާފިޔާ ބުނެއެވެ.ނަމަވެސް ސްކޭންގެ ބިލަށް މާބޮޑުތަނުން އިތުރުވިކަމަށް އާފިޔާ ވަނީ ފާހަގަކޮށްފަ އެވެ.


"ހެޗް ސީ ޖީ ބެންގެލޯ ހޮސްޕިޓަލުން ޕެޓް ސްކޭނަށް އެރީ 540ދޮލަރު، އިންޓަނޭޝަނަލް އޮފިސަރގެ ސުވާލެއް އާއި އާސަންދައިން މިފަހަރު އެޕްރޫޕް ނުކުރީ ކީއްވެ ހެއްޔޭ، ބެލެންސް ދައްކަންޖެހުނީ ބަލިމީހާގެ ޖީބުން" އޭނާ ލިޔެފައި ވެއެވެ. 

ކެންސަރުބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ރާއްޖޭގާ ދެވޭ ސިއްހީ ހިދުމަތްތައްފުޅާކުރަންޖެހޭކަމަށް އާފިޔާގެ ފޭސްބުކް ޕޯސްޓްގައި ހާމަކުރިއެވެ. އެގޮތުން ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް އައިސް ފަރުވާގެ އަގުގެ ކިހާވަރެއް ކަމައްކަމެއް އާސަންދައިން ކަވަރުކޮށްދޭ މިންވަރު ނޭނގޭނަމަ ކެންސަރުގެ ބަލިމީހުންގެ ހާލަތުބޮޑުވާނެކަމަށް އާފިޔާ ބުނެއެވެ.އެހެން ކަމުން ރާއްޖޭގައި ކެންސަރުބަލިމީހުންނަށް ހާއްސަފަރުވާ ދެވޭނެ ހޮސްޕިޓަލެއް ގާއިމްކުރުން މުހިއްމު ކަމަށް އާފިޔާ އެ ޕޯސްޓްގައި ފާހަގަކުރި އެވެ.

އައިޖީއެމްއެޗް އިން މަދު ނަމަވެސް ބައެއް ހިދްމަތްތައް ކެންސަރު ބަލީގެ މީހުންނަށް މިހާރު ފޯރުކޮށްދޭން ފަށާފައިވާކަމަށް ފާހަގަކޮށް އާފިޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުންވެސް ކީމީއޯތެރަޕީދެވޭ ނިޒާމެއް މިހާރު ގާއިމކޮށްފައިވާމަށް ފާހަގަކޮށްފައެވެ. އަދި އެއީ ކުރިއާ އަޅާބަލައިރު ކުރިއެރުމެއްނަމަވެސް ކެންސަރު ބައްޔަށް ހަާއްސަ ޑޮކްޓަރުންނެއް ނުތިބޭކަމަށް ބުނެ އާފިޔާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިހާރު ރާއްޖޭގާ ހުރީ ހަމައެކަނި އެންމެ އޮންކޮލިސްޖެސްޓްއެއް، އަދި އެންމެ ސާޖަންއެއް، އެބޭފުޅުން ނެތީވިއްޔާ އެތައް ކެންސަރު ބަލިމީހުންނެއް ކިޔޫގާތިބެންޖެހޭ"އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޖެންޑާ ކޮންސާލްޓަންޓް މަގާމު އަދާކުރި އާފިޔާ ބުންޏެވެ.

އައޖީއެމްއެޗް އަދި އޭޑީކޭ އިން އަދި އަމިއްލަ ހަރަދުގާ ޓްރީޓޮޕފުން އަގުބޮޑު ޓެސްޓުތައް ހަދަން ދޮޅު މަސްވެ ވަގުތު ނެގުމުން އޭނާގެ ކިހިލިފައްޗަށް ބްރެސްޓް ކެންސަރު ފެތުރުން ކަމަށް އާފިޔާ ފާހަގަކުރިއެވެ. އަދި މިދިޔަ އަހަރު ބެންގަލޫރުން ސާޖަރީ ހެދުމުން އެނގުނީ ކިހިލިފަތުގެ 3 ލިންފްނޯޑަށް ކެންސަރުފެތުރިވާކަމަށް މަޔޫސްކަން މަތީގައި ހުރި އާފިޔާ ބުނެއެވެ. ކީމީޔޯތެރަޕީގެ ސައިކަލްތައް 12 މަސްވަންދެން ނަގަން ޖެހުނު ކަމަށާއި އަދިވެސް 7 ސައިކަލް ކީމޯތެރަޕީނަގަންޖެހޭ ކަމަށް އާފިޔާ ބުންޏެވެ.

"ކެންސަރުބަލިމީހުންގެ ކަންތައްތައް ވަގުތުން ނިންމުމަކީ ވަރަށް މުހިއްމުކަމައް، ކެންސަރު ބަލިމީހުންގެ ފުރާނައަށް ގެއްލުންނުވެ ބަލިބޮޑުވިޔަނުދީ، ފުރާނަ ސަލާމަތްކުރަން އެބަ ޖެހޭ" އާފިޔާ ފާހަގަކުރި އެވެ.

ރާއްޖޭގައި ކެންސަރުގެ ބަލިމީހުންނަށް ހާއްސަކުރެވިފާވާ ކެންސަރު ހޮސްޕިޓަލެއް ވީހާވެސް އަވަހަށް އަޅަންޖެހޭކަަމަށާއި ރާއްޖޭއިން އެ ހިދްމަތްތައް ލިބުން މުހިއްމުކަަމަށް އާފިޔާ ފާހަގަކުރެ އެވެ. 

"ރާއްޖޭގައި ކެންސަރުގެ ބަލިމީހުންނަށް ޚާއްސަކުރެވިފައިވާ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް އެބަ އަޅަންޖެހެއެވެ. ރާއްޖެއިން މި ހިދުމަތްތައް ލިބުން މުހިއްމެވެ. އެތައް މަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ތިބެގެން ކެންސަރުފަރުވާ ހޯދުމަށްވުރެ ހަމަ ގައިމުވެސް ރާއްޖޭގައި ތިބެގެން ކެންސަރު ބައްޔަށް ފަރުވާކުރެވޭނެނަމަ ދައުލަތުގެ ބެޖެޓް ކުޑަވެފައި، ރައްޔިތުންގެ އަތުންދާ ރަދުކުޑަވެފައި، ސަރުކާރުން ރާއްޖޭއިން ބޭރު ހޮސްޕިޓަލްތަކަށްކުރާ ހަރަދު ކުޑަވެ، ކެންސަރު ބަލިމީހުންގެ ހިތްހަމަޖެހުން ބޮޑުވާނެ އެވެ،" ލިޔުން ނިންމާލަމުން ހެލްތް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުު ލިޔެފައި ވެއެވެ.  

އާފިޔާގެ ތަޖުރިބާގެ ވާހަކަ އިވުމުން ގިނަ ބަޔަކު ވަނީ އެ ޕޯސްޓްގެ ކޮމެންޓް ސެކްޝަންގައި ހިތާމަފާޅުކޮށް، އާފިޔާއަށް ހިތްވަރުދީ އަވަސް ޝިފާއަަކަށް އެދިފަ އެވެ.

"ވަރަށް ހިތާމަވެރި ތިޔަބޭފުޅާގެ ވާހަކަ އަޑުއަހާފައި، ސިސްޓަމްގެ ގޯހެއްގެ ސަބަބުން ތިޔަބޭފުޅުންގެ ކެންސަރު ދެވަނަ މަރުހަލާއަށް ގްރެޖުއޭޓް ވުމަކީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫނެ، ކޮންމެ ދުވަހަކު ތިޔަބޭފުޅުން ފަދަ މީހުން ބަލީގެ ޝިކާރައަކަށް ވެ ފުރާނައަށް ގެއްލުންވާފަދަ ކަންކަމަށް މަގުފަހިވަމުން." ކޮމެެންޓް ސެކްޝަން މެދުވެރިކޮށް ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ލިޔެފައި ވެއެވެ. 

ރާއްޖެއަކީ މިއަށްވުރެއް މާ ރަނގަޅަށްވެސް ސިއްހީ އަދި އެހެނިހެން ހިދުމަތް ދެވިދާނެ ގައުމެއް، ނަމަވެސް ހަގީގަތް ވަރަށް ދެރަ ކަމަށް އާފިޔާ އަށް ހިތްވަރު ދީ މީހަކު ލިޔެފައި އިނެވެ. ގިނަ ބަޔަކުވަނީ އާފިޔާ ހިތްވަރުދީ އަވަސް ޝިފާއަކަށް އެދިފަ އެވެ. އަދި ސަރުކާރުން ކެންސަރުބަލީގެ ބަލިމީހުންގެ ހާލަތު މިހާރަށް ވުރެ ގާތުން ބެލުމަށް ވެސް ގިނަބަޔަކު ވަނީ އެދިފައެވެ.

ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު، ގިނަ ބަޔަކު ކެންސަރުގެ ފަރުވާ ހޯދައެވެ.

ކެންސަރު ހޮސްޕިޓަލެއް އަޅާ ރާއްޖޭގައި އެބައްޔަށް ފަރުވާ ހޯދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މާލޭގައި ކެންސަރު ހޮސްޕިޓަލެއް ތަރައްގީކުރުމަށް ވަނީ ހަަމަޖެހިފަ އެވެ. އެ ހޮސްޕިޓަލް އަޅަން ހަަމޖެހިފައިވަނީ އައިޖީއެމްއެޗްގެ މުވައްޒަފުންގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮންނަ ހުސް ބިމުގައި ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ އެޗްޕީއޭއިން މިފަހުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެ އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި އެޗްޕީއޭއިން ބުނީ އެ ބައްޔަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމަށެވެ. އަހަރަކު 10 މިލިއަން މީހުން އެ ބަލީގައި މަރުވާއިރު، 40 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލި ޖެހޭ މީހުން ކަމަށް ބަޔާނުގައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް