ލަންޑަނުގައި 11 އަހަރު ހޭދެކުރުމަށް ފަހު ލޮރިސް އެމެރިކާއަށް ބަދަލުވާނީ ހިލޭ ޓްރާންސްފާއެއްގައެއެވެ. ލޮރިސް މިދިޔަ ހޫނު މޫސުމުގައި ސްޕާސް ދޫކޮށްލުމާ ގާތަށް އައިސް ލާޒިއޯއާ އެކު މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް އެ ޑީލް ކޮޅެއްގައި ޖެހޭގޮތް ނުވީއެވެ.
އެމެރިކާއަށް ބަދަލުވާން ނިންމާފައިވާއިރު، އުމުރުން 37 އަހަރުގެ ލޮރިސް މިދިޔަ އޭޕްރީލްގެ ފަހުން އަދި ނުކުޅެއެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ލިޔޯނުން ސޮއިކުރި ފަހުން ސްޕާސް އަށް 447 މެޗު ކުޅެދީފަ އެވެ.
ލޮރިސްއަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ ކީޕަރެވެ.