މި ވަޒަން ފެނިފައިވަނީ ކުޅުދުއްފުށިން މާލެ އައުމަށް އެއަޕޯޓަށް ދިޔަ މީހެއްގެ އަތުން މިއަދު ހަވީރު އެވެ.
ވަޒަން ފެނުމާ ގުޅިގެން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނެފައި ވަނީ މިކަމާ ގުޅިގެން ބަލަން ޖެހޭކަންކަން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށާއި އަދި މިކަން ބޮޑަށް ބެލެވެނީ މިސްފަޔަ ރައުންޑެއްގެ ގޮތުގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒަން ފެނިފައިވަނީ ދިވެހި އަންހެނެއްގެ އަތުންނެވެ.
ވަޒަން ފެނުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެ އެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.