ads
ގައުމިއްޔަތުން ދަސްކޮށް މިދެނީ ރިޝްވަތުގެ އަމަލާއި ފަސާދަ: ޖަމީލު
މިއަދު ގައުމިއްޔަތުން ދަސްކޮށް މިދެނީ ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލާއި ފަސާދަ ކަމުގައި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއަށް ސޮއި ކުރުމާ ގުޅިގެން ހިތްހަމަނުޖެހުންފާޅު ކުރައްވާ ޖަމީލު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ އިއްޔެ ޕީއެންސީ އާއި ގުޅުނީ އިއްޔެ އެމްޑީއެން ދިފާއުކޮށް ކަނޑު ވިއްކާލުން ދިފާއު ކޮށް ބޭރު ސިފައިން ތިބުން ދިފާއު ކުރި މެމްބަރުން ކަމަށެވެ.

"އިއްޔެ އެ ގުޅުނީ ޕީޕީއެމް ޕީއެންސީ ބުނަމުންދިޔަ ޗޯރު ސަރުކާރު ދިފާއުކޮށް ކޮވިޑް އަދި ވެންޓިލޭޓަރު ވައްކަމާއި އަދި ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގެ ހުރިހާ ގޯހެއް ދިފާއުކުރި މީހުން. މިއަދު ގައުމިއްޔަތު ދަސްކޮށް މިދެނީ ހަމަ އެއް އަހުލާގަކާއި، ކޮރަޕްޝަނާއި ރިޝްވަތުގެ ހަރާމް އަމަލާއި ފަސާދަ،" ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް ޖަމީލު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޕޯސްޓްގައި ޖަމީލު ވިދާޅުވެފައިވަނީ މިއަދު ރައީސް މުއިއްޒު ވަނީ ޕީޕީއެމްގެ ފިކުރަށް  ބޭވަފާތެރިވެ ގައުމިއްޔަތަށް ބޭވަފާތެރިވެ ސާފުވެރިކަމަށް ވެސް ބޭވަފާތެރިވެފައި ކަމަށެވެ.

މި ޕޯސްޓް ނިންމާލަމުން ޖަމީލު ވިދާޅުވެފައި ވަނީ  ދިވެހިންގެ ރާއްޖޭގެ ތިޔަ ދަތުރަކީ ފަސާދަ އާއި ކޮރަޕްޝަނާ  ރިޝްވަތުން ޖަރީ ކުރެވިފައިވާ ނާމާން، ދީނީ އަހުލާގަށް ބިރުވެރި ދަތުރަކަށްވެ ނިމިއްޖެ ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް