ads
މި ވަގުތަށް އޮތް ރަނގަޅު ގޮތަކީ ސަރުކާރަށް އެއްބާރުލުން ދިނުން: އުގައިލް
މިވަގުތު އޮތް ރަނގަޅު ގޮތަކީ ސަރުކާރަށް އެއްބާރުލުން ދިނުން ކަމުގައި ރާއްޖޭގެ ކަންތައްތަކާބެހޭ ގޮތުން ވަރަށް ބޮޑަށް ހިޔާލުފާޅު ކުރައްވަމުންގެންދަވާ ތަޖުރިބާކާރު، ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.

ޕޭސްބުކް ޕޭޖު މެދުވެރިކޮށް ޕްރޮފެސަރު އުގައިލު ވިދާޅުވީ މިހާރު މިފެންނަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ ދިވެހިންގެ ހިތްތަކުގައި ޖެހި ޖަޒުބާތީ ވިންދުގެ ނަތީޖާކަމަށާއި ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ހޮވުނު ސަރުކާރެއް ކަމަށެވެ.

" އެކަންތައް އެއްފަރާތް ކޮށްފައި ސަރުކާރަށް އެއްބާރުލުން ދީގެން ގައުމުގެ ހައްގުގައި ކުރިއަށް ދިއުން އެއީ މިވަގުތު ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް،" ރާއްޖޭގެ ހާލަތާބެހޭގޮތުން ފަހަކަށް އައިސް ހިޔާލުފާޅު ކުރައްވަމުންގެންދަވާ ޕްރޮފެސަރު އުގައލް ވިދާޅުވި އެވެ. 

އުގެެއިލް އަކީ އާންމު ގޮތެއްގައި ރާއްޖޭގެ ސިޔަސީ ކަންކަމާ ބެހޭ ގޮތުން އޭނާގެ ވިސްނުން ހުރިގޮތް އާންމުކޮށް ފާޅުކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެެވެ. 

މިދިޔަ އިންތިހާބުގައި އޭނާ ވަނީ އޭނާގެ ސަޕޯޓް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ކަމަށް އިއުލާނު ކުރައްވާފަ އެވެ. މިކަމުގެ ސަބަބުން އޭނާ އަށް އެ ދުވަސްކޮޅު އާންމުންގެ ތެރެއިން ގިނަ ބަޔެއްގެ ނުރުހުން އަމާޒުވިއެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިކުނީ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް