ފަހުމީ ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވީ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހިބަހާއި ތަރިކައާ ބެހޭ ވުޒާރާ އާ ގުޅިގެން ކަމަށެވެ.
އާބާތުރަ ފިލުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ނިންމާލެވޭނެކަމަށާއި އެ މަސައްކަތަކީ ވަރަށް ފަރުވާތެރިކަމާއެކު ކުރަން ޖެހޭ ކަމެއް ކަމަށް ވެ އެވެ.
ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރަކީ އެތަނުގެ ރީތިކަން ބަލާލުމަށްޓަކައި ފަތުރުވެރިންވެސް ޒިޔާރަތް ކުރާ ތަނެކެވެ
ފަހުމީ ވިދާޅުވިގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުއަކީ، ގައުމީ ތަރިކައަށާއި ޤައުމިއްޔަތަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށާއި އަދި މިފަދަ އާޘާރުތަށް ރައްކާތެރިކޮށް ބެލެހެއްޓުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ރައީސް ދެއްވާ ބޭފުޅެއް ކަމަށެވެ.