މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ ފަސް މެމްބަރުންގެ ވޯޓް ދީގެންނެވެ. ނުފެންނަ ކަމަށް ހަތަރު މެމްބަރުން ވޯޓް ދިނެ އެވެ.
ކެބިނެޓަށް ރުހުން ދިނުމަށް ފާސް ކުރުމުގެ އިތުރުން ހުރިހާ ވަޒީރުންނަށް ރުހުން ދޭން އެއްކޮށް ބޯޓަށް އެހުމަށް ވެސް ފެންނަ ކަމަށް ފާސްކޮށްފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމާ މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ވަޒީރުންނަށް ރުހުން ދޭން ކޮމެޓީން ނިންމި އިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވަނީ އެމްޑީޕީގެ 12 މެމްބަރުންނާ އެކު ޖުމްލަ 13 މެމްބަރުން ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.