ads
އަލް އަސްރު ޖަމިއްޔާއިން ނަމާދު ވޯކްޝޮޕެއް ކުރިއަށް ގެންދަނީ
އަލް އަސްރު ޖަމިއްޔާ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ލޯތަކުގެ ފިނިކަން (ކޫލްނެސް އޮފް ދަ އައިސް) ގެ ނަމުގައި ނަމާދު ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ނިންމައި އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އަލް އަސްރު ޖަމިއްޔާއިން ބުނީ މި ވޯކްޝޮޕްގައި 15 އަހަރުން މަތީގެ ހަމަ ކޮންމެ މީހަކަށް ބައިވެރިވެވޭނެ ކަމަށާއި އަދި މި ވޯކްޝޮޕް ކުރިއަށް ދާނީ އަންނަ މަހުގެ 4 އަދި 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަންނަ މަހުގެ ހަތަރެއްވާ ބުރާސްފަތި ދުވަހު ފަށާ ވޯކްޝޮޕް އޮންނާނީ މެންދުރު ފަހުގެ ވަގުތުތަކުގައި ކަމަށާއި ބައިވެރިވާން އެދޭ ފަރާތްތަކުން 7925277 އަށް ނަމާއި ގުޅޭނެ ނަމްބަރުގެ އިތުރުން އީމެއިލް އެޑްރެސް ފޮނުވަން އެ ޖަމިއްޔާއިން އެދެ އެވެ. ބައިވެރި ވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ދުވަހުގެ 12:00 އެވެ.

މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާނީ އައްޝެއިހް އާދަމް ޝަމީމް އެވެ. މި ވޯކްޝޮޕްގެ ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަދި މި ވޯކްޝޮޕް އޮންނާނީ އިސްލާމިކް ސެންޓަރުގެ ހޯލުގަ އެވެ، މިފަދަ ޕްރޮގްރާމެއް ރާވައި އިންތިޒާމް ކުރުމުގެ މަގްސަދަކީ ނަމާދާއިބެހޭ ގޮތުން ވީހައިވެސް ގިނަ މައުލޫމާތު ދިނުން ކަމުގައި އަލް އަސްރު ޖަމިއްޔާ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް