ads
ވަޒީރުންނަށް ރުހުން ދިނުމަކީ ގައުމީ ވާޖިބެއް: އެމްޑީޕީ
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގެ މިނިސްޓަރުންނަށް ރުހުން ދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިކެން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަކަމަށް މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދޭން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަންވެސް އެ ޕާޓީން ތައްޔާރަށް އޮތް ކަމަށެވެ. 

"އެމްޑީޕީ އޮތީ ވަރަށް ވަރުގަދަކޮށް. ދައުރުން ބޭރުން ޖައްސާއެއް ބާއްވައިގެންވެސް ރުހުން ދޭން ތައްޔާރު،" ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުރާސްފަތި ދުވަހު 2 މަސް ދުވަހުގެ ޗުއްޓީޢަށް ދިޔައިރު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް އޮތީ މަޖިލީހުގެ ތަޅުމުން ގޮތެއް ނުނިންމައެވެ. އެ މައްސަލަ ކޮމެޓީން ނިންމައި ތަޅުމަށް ހުށަހެޅުމުން އަނެއްކާވެސް އެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލަން ތަޅުމުން ނިންމިއެވެ.

އެމްޑީޕީން މިއަދު ވަނީ ރައީސް މުއިއްޒު އަޒުލުކުރަން އެ ޕާޓީން މަސައްކަތް ނުކުރާކަން ވެސް ހާމަކޮށްފައެވެ. 

އެ ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެފަދަ މަޝްވަރާއެއް ނުކުރާކަމަށެވެ. އެމްޑީޕީން މިހެން ބުނެފައިވާއިރު، އެ ޕާޓީގެ 13 މެންބަރަކު ވަނީ އެ ޕާޓީ ދޫކޮށް ވެރިކަމުގައި އޮތް ޕީއެންސީއާ ގުޅިފައެވެ. 

އޭނާ ވިދާޅުވީ އެމްޑީޕީން ރައީސް އަޒުލު ކުރުމުގެ މަސައްކަތް ނުކުރި ނަމަވެސް، ސަރުކާރަށް ތާއީދުރާ ފަރާތްތަކުން އަމިއްލައަށް އެ ވާހަކަ ދައްކަމުން އަންނަކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ކަމުނުދާ ސިޔާސަތުތަކެއް ސަރުކާރަށް ގެންގުޅެވެނީކަމަށް ސަރުކާރަށް ތާއީދު ކުރާ މީހުން ގަބޫލުކުރާކަމަށް ބެލެވޭކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން އެމްޑީޕީގައި އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ވެސް މިހާތަނަށް ނުކުރޭ. ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް ސްޓޭންޑެއް އަދި އެކަމުގައި ނެތް. އަދި އަޅުގަނޑުމެން އެކަމަށް އެޖެންޑާކޮށް ބަހުސެއް ވެސް ކޮށްފައެއް ނެތް،" -ސަލީމް -

ސަލީމް މިހެން ވިދާޅިވި ނަމަވެސް، އެމްޑީޕީން ވަނީ ރައީސުލްޖުމްހޫރިއްާއާއި ނައިބު ރައީސް އައުލުކުރުމުގައި މަޖިލިސް މެންބަރުން ގުނާނީ މަޖިލީސް ތަމްސީލުކުރަން އެވަގުތު ތިއްބެވި މެންބަރުންގެ ނިސްބަތުންކަމަށް އެމްޑީޕީން ހުށަހަޅައިގެން މަޖިލީހުގައި ފާސްކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް