ads
އެންމެ ގިނައިން ވާރޭ ވެހުނީ ކާޑެއްދުއާއި ދިއްފުއްޓަށް
ހުކުރު ދުވަހު އެންމެ ގިނައިން ވާރޭ ވެހުނީ، ކާޑެއްދުއާއި ދިއްފުއްޓަށް ކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ކާޑެއްދޫ އަށް 44 މިލިމީޓަރުގެ ވާރޭ ވެފައިވާއިރު ދިއްފުއްޓަށް 43 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. 

މެޓުން މިއަދު ބުނީ މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށެވެ.

މިވަގުތު ކަނޑުތައް އެންމެ ގަދައީ ރާއްޖޭގެ މެދާއި އުތުރަށް ކަމަށާއި، ރާޅުގެ އުސްމިނުގައި 7 ފޫޓާއި 4 ފޫޓާއި ދެމެދުގެ އުސްމިނެއް ހުންނަކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބުންޏެވެ.

މި އުސްމިނުގައި ރާޅު ހުންނާނީ ހުޅުލެ އަދި ހަނިމާދޫ ހިމެނޭ ސަރަހައްދަށެވެ. 

އިއްޔެ މުޅި ރާއްޖެއަށް އަވަނީ ވިއްސާރަކޮށްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓުން ބުނެއެވެ. 

"އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ. ދެކުނަށް ވައި މަޑުވާނެ. ކަނޑުތައް މަޑުވާނެ،" -މެޓް-

އެންމެ ގިނައިން އިއްޔެ ވާރޭ ވެހުނީ ކާޑެއްދޫ އަށާއި ދިއްފުއްޓަށެވެ.

"ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުރާއްޖެ ތެރެއާއި އުތުރުގެ ހިސާބުތަކަށް 10 މޭލާއި 20 މޭލާއި ދޭތެރޭގައި ވައި ޖެހޭނެ. އެ ގޮތުން ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ،" -މެޓް-

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިއްޔެއަށްވުރެ މިއަދު ވައި މަޑެވެ. އެގޮތުން ހުޅުލެއާއި ހަނިމާދޫއަށް 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. ކާޑެއްދޫ، ކައްދޫ އަދި ގަމަށް ގަޑިއިރަކު 5 މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. 

ކައްދުއާއި ކާޑެއްދޫ ހިމެނޭ ސަރައްހައްދަށް ރާޅުގެ އުސްމިނުގައި ހުރީ 2 ފޫޓާއި 5 ފޫޓުކަމަށް މެޓުން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް