ads
އިންތިހާބު ހުއްޓާލަން އެންގިކަން ފީފާއަށް އަންގައިފިން: އެފްއޭއެމް
އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ، އެފްއޭއެމްގެ އިންތިހާބު ހުއްޓާލަން، ކޮމިޝަނަރ އޮފް ސްޕޯޓްސް އަންގާފައިވާކަން ފީފާ އަދި އޭއެފްސީއަށް އަންގާފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ އިންތިހާބު ހުއްޓާލަން، ކޮމިޝަނަރ އޮފް ސްޕޯޓްސް އަންގާފައިވާކަން ފީފާ އަދި އޭއެފްސީއަށް އަންގާފައިވާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ޖައުޝަން ޝަރީފް ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ސީއެންއެމުން މިއަދު ސުވާލު ކުރުމުންނެވެ. 

އަދި އެއްވެސް ކަމެއް ހުއްޓައެއް ނުލާ. ފީފާ، އޭއެފްސީއާ މިކަމުގައި މުއާމަލާތު ކުރެވެމުން އެބަދޭ. ސީއެންއެމުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޖައުޝަން ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިހާބުގެ ކަންކަން މަޑު ޖައްސާލުމަށް، ސްޕޯޓްސް ކޮމިޝަނަރުވަނީ އަންގާފައެވެ. 

އެކަން ހާމަކޮށް، ބުރާސްފަތި ދުވަހު ސްޕޯޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މިވަގުތު ހިނގަމުންދަނީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންވެ ފީފާ އާއި އޭއެފްސީއާ މަޝްވަރާކޮށް ގޮތެއް ނިންމަންދެން އެފްއޭއެމް އިންތިހާބު ކުރިއަށް ނުގެންދިއުމަށް އެފްއޭއެމަށް އަންގާފައިވާ އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ ފަހުން އެފްއޭއެމުން ބުނެފައި ވަނީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ އަޣުލަބިއްޔަތު ގެއްލިފައި ނުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި، ޖަމިއްޔާތަށް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން، އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އަށް އައްޔަންކޮށްފައިވާ މެމްބަރުންނަށް މަސްއޫލިއްޔަތު އަދާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ހަމަ އެހެންމެ، މެމްބަރުންގެ ސައްހަކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް