މި އުޅަނދުތައް ނައްތާލާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުން ބުންޏެވެ.
ނައްތާލި 568 އުޅަނދުގެ ތެރޭގައި 524 ސައިކަލާއި ހަތަރު ފުރޮޅުލީ 44 ވެހިކަލް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ ކުރިން ވެސް ޓޯ ކުރެވޭ އުޅަނދުތައް ވެރިފަރާތުން ނުގެންގޮސް އިހުމާލުވާނަމަ ނައްތާލާކަމަށް ފުލުހުން އަންގާފައިވެއެވެ.
ޓޯ ކުރެވޭ އުޅަނދުތައް ނައްތާލަނީ އެ އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް މުހުލަތެއް ދިނުމަށްފަހު ނުގެންދިއުމުންކަމަށް ފުލުހުން ބުނެއެވެ.