ads
3 ވަނަ ފިޔަވަހީގެ ފަޅުތެރޭގައިވާ އުޅަނދުތައް ނަގަން އާބަންކޯ އިން އަންގައިފި.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ދެ ވަނަ ބައި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާތީ އެ ސަރަހައްދުގެ ފަޅުތެރޭގައިވާ އުޅަނދުފަހަރު ނަގަން އާބަންކޯ އިން އަންގައިފި އެވެ.
Advertisement

އާބަންކޯއިން ބުނީ ހިއްކާ ސަރަހައްދުން ނަގާ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާނޭ ކަމަށާއި އަދި އެ އުޅަނދުތަކުގެ ވެރިފަރާތެއް ވާނަމަ އާބަންކޯގެ ހޮޓްލައިން 1516 އަށް ގުޅައި މައުލޫމާތު ސާފުކުމަށް ފަހު ވީހާ އަވަހަށް އުޅަނދުތައް ނަގަންވާނެ ކަމަށެވެ.

your imageފޮޓޯ: އާބަންކޯ

ހުސް ކުރަންޖެހޭ ސަރަހައްދުކަމަށް އާބަންކޯއިން ހާމަކޮށްފައިވާ ސަރަހައްދު ތަކަކީ އެކުލަވާލާފައިވާ ޗާޓުގެ ސްޓޭޖް ދޭއް ގެ އިތުރުން ސައިޓް ބީ އެވެ. ނުވަތަ ފެހިކުލަ އާއި ރަތް ކުލައިން ފޮޓޯގައި ފާހަގަ ކޮށްފައިވާ ސަރަހައްދުކަމަށް ވެސް އާބަންކޯއިން ބުނެ އެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ދެ ވަނަ ބައި ހިއްކަން ފެށިގެން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު  ވަނީ އިއުލާނު ކުރައްވާފަ އެވެ.

ރައީސް ސާލިހުގެ އެޑްމިނިސްޓްރޭޝަނުން ފެށި މަސައްކަތް ހުއްޓާލި އިރު ހުޅުމާލެ ފޭސް ތިނެއްގެ ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިއްކާ ނިންމައިފަ އެވެ. އަދި ދެވަނަ ބައިގެ ގޮތުގައި 53 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އާބަންކޯއިން ބުނީ ފުށިދިއްގަރު ފަޅު ވެސް ހިއްކާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ދާނެކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް