ads
ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި
މުޅި ރާއްޖެއަށް ވައިޓްއެލާޓް ނެރެފައި
ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސް ކުރުމާ އެކު މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ވައިޓްއެލާޓް ވެސް ނެރެފަ އެވެ.

"ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑަށް ސަމާލު ވާނެ ޖެހޭ. ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރޭ،" މޯލްޑިވްސް މީޓްރޮލޯޖިކަލް ސެންޓަރުގެ އިލްތިމާސްގައިވެ އެވެ.

އެ ސެންޓަރުން އިތުރަށް ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭކަމަށާއި އަދި ގުގުރު ވެސް އެކަށީގެންވާކަމަށެވެ. މީގެ އިތުރުން ގަޑިއަކު 40 މޭލުގެ ބާރުގައި ވައިޖެހޭކަމަށް ލަފާ ކުރެވޭނެކަމަށް އެ ސެންޓަރުން އިތުރަށް ލަފާކުރެއެވެ. 

މީގެ އިތުރުން ރ.އަތޮޅު، ނ.އަތޮޅު އަދި ވ.އަތޮޅަށް ވަނީ ރީނދޫ ސަލާމް ނެރެފައިއެވެ. އެ ސެންޓަރުން ބުނާ ގޮތުގައި މިއަދު މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގުގުރާނެކަމަށެވެ. މީގެ އިތުރުން ގަޑިއަކު 45 މޭލު ބާރު މިނުގައި ވައި ޖެހޭނެކަމަށެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.    

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް