ads
ޝޯސަލް ހައުސިންގެ ޖޫރިމަނާ މާފުކޮށްދޭން ނިންމައިފި
ޖޫރިމަނާ ފައިސާ ދެން ހަދިޔާ ކުރާނީ ސަދަގާތް ފަންޑަށް: އާބަންކޯ
ޝޯސަލް ހައުސިންގެ ޖޫރިމަނާގެ ގޮތުގައި މިއަދުގެ ނިޔަލަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ރައީސް މުހައްމަދު މުއިއްޒު މައާފުކޮށް ދެއްވައިފި އެވެ.

އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވާގޮތުން 31 ޑިސެމްބަރު 2023 ވަނަ ދުވަހާއި ހަމައަށް ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ރައީސް މުއިއްޒުގެ ހަފްތާ 14ގެ މަގު ޗާޓްގެ ދަށުން މާފްކޮށްދޭން ނިންމާފައިވާކަމަށެވެ. 

ޖޫރިމަނާ މައާފްކޮށްދިނުމަށް ފަހު ފްލެޓަށް ނުދެއްކި ބާކީހުރި ބައި ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖައްސައިދީފައިވާކަމަށް އާބަންކޯއިން ބުނެ އެވެ. މީގެ އިތުރުން އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެއްބަސްވުން ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. 

މިއާއެކު ފައިސާ ނުދެއްކުމުން ލަސްވުމުން ނެގޭ ޖޫރިމަނާ އެއް އިންސައްތަ އަށް ބަދަލުވެގެން ދާނެކަމަށާއި މިކަމުގެ ސަބަބުން ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުވުމުގެ ބަދަލުގައި ޖޫރިމަނާ ނެގޭ އަދަދު ދެ ފަރާތަށް ވެސް އެނގިގެންދާނެ- އާބަންކޯ

އެ ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކުރިން އަހަރަކު ދައްކަން ޖެހޭ 18 އިންސައްތައިގެ ބަދަލުގައި މިހާރު މަހަކު ނެގޭ އެކެއް އިންސައްތައިގެ ޖޫރިމަނާ ސަދަގާތް ފަންޑަށް ހަދިޔާ ކުރަން ވެސް ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ. 

އިސްލާމީ އުސޫލާއި އެއްގޮތަށް އެއްބަސްވުން ބަދަލު ކުރުމަށް ނުވަތަ ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދެއްކުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ގެ ކުރިން މިކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އެ އާބަންކޯގެ އޮފީހަށް ނުވަތަ އީމެއިލް [email protected] ނުވަތަ [email protected] މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިން އެދެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް