ads
ވެލެންސިޔާގެ ނަމުގައި ވަގު ސިޓީއެއް، މައްސަލަ ޕޮލިހަށް
ކްލަބު ވެލެންސިއާގެ ނަމުގައި، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި، އީގަލްސްގެ މުފާވިޒު ހާޝިމް، ހުށަހެޅި ސިޓީ އަކީ ފޯޖްކޮށްފައިވާ ސިޓީއެއް ކަމަށް ބެލެވޭ ކަމަށް ބުނެ، ވެލެންސިޔާއިން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި މުފާވަނީ، އޭނާގެ އެންޑޯޒްމެންޓް ސިޓީއެއްގެ ގޮތުގައި ވެލެންސިޔާގެ ސިޓީއެއް ހުށަހަޅާފައެވެ. 

މުފާ އަށް ވުރެ ކުރިން ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވި، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވެސް އެފްއޭއެމަށް ވެލެންސިޔާގެ އެންޑޯޒްމެންޓް ސިޓީއެއް ހުށަހެޅިއެވެ. ތޯރިގު ފޯމު ހުށަހަޅަން ވަޑައިގެންނެވި އިރު އެ ކްލަބްގެ އާ ޗެއާމަން އަބްދުﷲ އަޒުމީން ވެސް އޭނާ އާއެކު ވަޑައިގަތެވެ.

ދެ ކެންޑިޑޭޓުންގެ ތާއީދު ލިސްޓްގައި ވެސް ވެލެންސިއާގެ ނަން އޮތުމުން، އެ ކްލަބްގެ އެންޑޯޒްމެންޓް ބަލައި ނުގަނެފާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެހެން ވެއްޖެނަމަ، ތޯރިގުގެ ކެންޑިޑޭސީ ބާތިލުވާނެ ކަމަށް ބެލެވިފައިވަނިކޮށް، ވެލެންސިޔާއިން އެކްލަބުގެ ޗެއާމަން އަޒުމީން ސޮއިކޮށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ ކްލަބުގެ ތާއީދު ކުރާ ހަމައެކަނި ކެންޑިޑޭޓަކީ އަހުމަދު ތޯރިގު (ޓޮމް) ކަމަށެވެ.

އެ ކްލަބްގެ ނަމުގައި އެހެން ކެންޑިޑޭޓަކު ސިޓީއެއް ހުށަހަޅާފައިވާކަމުގެ މައުލޫމާތު މީޑިއާ އިން ލިބިފައިވާކަން ފާހަގަކޮށް، އަޒްމީންގެ ސިޓީގައި ބުނެފައި ވަނީ އެ ލިޔުމަކީ ފޯޖްކޮށްގެން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށް ބެލެވޭތީ، އެ މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށާއި ޕޮލިހަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް