ads
ނިއުރޭޑިއަންޓް ކުޅުނު މެޗެއްގައި ސަޕޯޓަރުންނާއެކު ކުޅުންތެރިއަކު
މޫސުމް ގޯސްވެ ނިއުރޭޑިއަންޓް މެޗު ފަސްކޮށްފި
މޫސުމް ގޯސްވުމުގެ ސަބަބުން، ދެވަނަ ޑިވިޝަނުގައި ނިއުރޭޑިއަންޓް ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.

ދެވަނަ ޑިވިޝަންގެ ޝެޑިއުލްގައި އޮތީ މިއަދު ހަވީރު ނިއުއާ ދަ ގްރާންޑޭ ކުޅޭ މެޗެވެ. އެކަމަކު މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދު ހަވީރު ކުޅެން އޮތް މެޗު ފަސްކުރީއެވެ.

ކެންސަލް ކުރި މި މެޗަކީ މިއީ މިދިޔަ އަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވި ދަ ގްރާންޑޭ ވެސް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ. ދަ ގްރާންޑޭ ވަނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދައިގެން 2019/2020 ސީޒަންގައި ފުރަތަމަ ފަހަރަށް ޕްރިމިއާލީގުގައި ކުޅެފަ އެވެ. ލީގުގައި ތިން ސީޒަން ކުޅުމަށް ފަހު އެޓީމު ރެލިގޭޓްވީ ޕްލޭއޮފް ކުޅެ ކާމިޔާބު ނުވުމުންނެވެ.

ނިއު އާއި ދަ ގްރާންޑޭގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކްލަބް އަދި މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ޓީނޭޖް ހިމެނެނީ ގުރޫޕް ބީގަ އެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ކްލަބް ވަނީ 1-0 އިން ބީޖީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް