ads
2024 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔައިފި
2024 ވަނަ އަހަރު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާ އަށް ވެލާނާ އިންޓަނޭޝިނަލް އެއާޕޯޓުން މަރުހަބާ ކިޔައިފިއެވެ.

އޭނާ އަށް މަރުހަބާ ކިޔައިފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް ގެ އިސްވެރިންނެވެ. 

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔަކީ ބެންޖަމިން ޑަންކަން މޫރް ނަމަކަށް ކިޔުން އިނގިރޭސި ވިލާތުގެ މީހެކެވެ. 

މިދިޔަ އަހަރު ފާހަގަ ކުރެވިގެންދަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އަހަރުގެ ގޮތުގައިއެވެ. އެ ގޮތުން މި ދިޔަ އަހަރު ތެރޭގައި 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.   

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. 

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އަންނަ އަހަރު ފަތުރުވެރިިކަމުގެ ދާއިރާއިން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް