ads
އެންމެ ހިތްނުތަނަވަސްވަނީ ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތާ މެދު: ގާސިމް
އާ އަހަރާއި ކުރިމަތިލާ އިރު އެންމެ ހިތް ނުތަނަވަސް ވާކަމަކީ ފަލަސްތީނާއި މިވަގުތު ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރޭގައި ކުރެއްވި ޓްވީޓެއްގައިއެވެ. 

ފަލަސްތީނުގެ ހާލަތާއި މެދު ހަމްދަރުދީވާކަމަށާއި ފަލަސްތީނުން ކުރިމަތިލަމުން ދަނީ އިންސާނީ ހައްގުތަކާއި ކަރާމާތަކާއި ހިލާފަ އަމަލުތަކެއް ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިހަމަލާތަކަކީ ފަލަސްތީނު ނައްތާލުމަށް ޒައިނިސްޓު އިޒްރާއިލް އިން އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެމުންގެންދާ އުދުވާނީ އަދި ލާއިންސާނީ ހަމަލާތަކެއްކަމުގައެވެ. 

"ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު މަރާއި ހަނގުރާމަ ކުރަމުން ދަނީ." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަލަސްތީނާއި ދެކޮޅަށް ކުރަމުން އެ އަންނަ ލާއިންސާނީ ހަނގުރާމާއިގެ ސަބަބުން 21,672 ކުށެއްނެތް އާންމުން ޝަހީދުވެފައިވާއިރު 56,165 އެއްވެސް ކުށެއް ނެތް އާންމުންނައް އަނިޔާ ވެފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ދެމުން އަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން އެތަށް މިލިއަން ބައެއްގެ ގެދޮރު ގެއްލި ބިކަވެފައިވާކަމުގައެވެ. ފަލަސްތީނުގެ އަހުންނާއި އުހުންތުން މިހަމަލާތަކުން ސަލާމަތް ކޮށްދެއްވުމަށް ދުއާ ކުރާ ކަމަށާއި އަބަދުވެސް ބޭނުން ވަނީ ފަލަސްތީނު މިނިވަން އަދި އަމާން ދައުލަތެއްގެ ގޮތުގައިވުން ކަމަށެވެ. 

މި ޓްވީޓުގައި އޭނާ ވަނީ ދިވެހި ރާއްޖެގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުނައް އުފާވެރި އާ އަހަރަކަށް އެދޭކަމުގައެވެ.

 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް