ads
އެއްވަނައަށް އަރަން ލިބުނު ފުރުސަތު އާސެނަލްއިން ބޭކާރުކޮށްލައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި ފުލަމް އަތުން ބަލިވެ، ޓޭބަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފިއެވެ.

ރަށުން ބޭރުގައި ފުލަމް އަތުން އާސެނަލް ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. ފުލަމް އަތުން ބަލިވުމާއެކު، މިއީ އެ ޓީމު ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ.

ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލުން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައިއެންމެ ފުރަތަމަ ލަނޑުޖެހީވެސް އާސެނަލްއިންނެވެ. އެއީ، ފޯވާޑް ބަކަޔޯ ސަކާ ޖެހި ލަނޑެވެ.

ފުލަމުން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް އެވެ. މެޗުން މޮޅުވި ލަނޑު ފުލަމުން ކާމިޔާބުކުރީ ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެމެއިކާ މިޑްފީލްޑަރު ބޮބީ ޑި ކޯޑޯވާ ރީޑް އެވެ.

މި މޮޅާއެކު ފުލަމް އޮތީ ކުޅުނު 20 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ. ހަމަ މި އަދަދަށް މެޗު ކުޅެގެން އާސެނަލް އޮތީ 40 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް