ads
އަޑިއަށްދާ ލޯންޗުގައި ތިބި މީހުން ސަލާމަތްކޮށްފި
މާލެެއަށް ދަތުރުކުރަނިކޮށް ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދަމިން ދިޔަ ލޯންޗުގައި ތިބި މީހުން ސިފައިންނާ އާންމުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފިއެވެ.

ތ. އަތޮޅުން ފުރައިގެން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވާން ފެށީ “މރ. ސްޕީޑު“ ނަމަކަށް ކިޔާ ލޯންޗެކެވެ. 

އޭރު ލޯންޗު އޮތީ ތ. އަތޮޅާ ދ. އަތޮޅާ ދެމެދުން ކުރަލީ ކަނޑުގައެވެ. 

ލޯންޗުގައި ތިބި މީހުން ސަލާމަތް ކުރުމަށް އާންމުންގެ ދެ ލޯންޗެއްގެ އިތުރުން ސިފަައިންގެ ކޯސްޓު ގާޑުން ހަރަކާތްތެރިވިއެވެ. 

ލޯންޗުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ

މި ލޯންޗަކީ ތ އަތޮޅު، ހިރިލަންދޫ، ކަނޑޫދޫ އަދި ބުރުނިއާމެދު ދަތުރުކިރާ ލޯންޗެއްކަމަށް މައުލޫމާތު ލިބެއެވެ. 

މި ދުވަސްވަރު މޫސުން ގޯސްކަމުން ދަތުރުކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް