
އިރާނުގެ ރައީސް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައިސީ ވަނީ އަވަހާރަވެފައި. --ފޮޓޯ: އޭއެފްޕީ
އިރާންގެ އާ ރައީސް އިންތިހާބު ޖޫން 28 ގައި ބާއްވަނީ
އަލީ މިދުހަތު
21 މޭ 2024 - 09:30:29
އީރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން އިރާންގެ އާ ރައީސް އިންތިހާބު ކުރުން ޖޫން 28 ގައި ބޭއްވުމަށް ނިންމައިފި އެވެ.
ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އާ ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމެޖެހިފައިވަނީ ޖޫން 28 ވަނަ ދުވަހުއެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މޭ 30 އިން ޖޫން 3 ގެ ނިޔަލަށް ލިބޭނެއެވެ.
އިރާނުުގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އެމަނިކުފާނު އަވަހާރަވުމާ ގުޅިގެންނެވެ. އެއަށް ފަހު ވަގުތީ ރައީސް އަކަށް އައްޔަންކޮށްފައި ވަނީ، ނައިބު ރައީސް މުހައްމަދު މުހްބަރް އެވެ.
އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބުކުރަންޖެހެ އެވެ.
ރައިސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން އަންނަނީ ހިތާމަފާޅުކުރައްވައި ތައުޒިޔާ ވިދާޅުވަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް