ads
ޓްރީޓޮޕުން ފޯރުކޮށްދޭ ދަރިމައިވުމާގުޅޭ ހިދުމަތްތަކާއިބެހޭ ސުވާލުތަކަށް ޖަވާބުދެނީ
ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ދަރިމައިވުމާއި ގުޅޭ ހިދުމަތްތަކާއިބެހޭ ސުވާލުތަކަށް ޖަވާބުދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

މި ސެޝަން ކުރިއަށް ގެންދާނީ ކޮންސަލްޓެންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ރިޕްރޮޑަކްޓިވް މެޑިސިން ޑރ. އަނީތާ ގޯރު ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

މީގެ އިތުރުން ޓްރީޓޮޕް އިން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުން މި ސުވާލާއި ޖަވާބު ސެޝަން އިންތިޒާމުކޮށްފައި ވަނީ ދަރިމައިވުމުގެ ހިދުމަތާއި، ފަރުވާގެ ގޮތްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފަވާ، މި ސެޝަން ކުރިއަށް ދާނީ 3 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 16:00 ގައި ކަމަށް ޓްރީޓޮޕުން ބުނެ އެވެ. އަދި މި ހަރަކާތް އޮންނާނީ ޓްރީޓޮޕްގެ ފަސްވަނަ ފްލޯގެ ޑޮކްޓަރު ބައްލަވާ ކޮޓަރީގައި ކަމަށް ޓްރީޓޮޕުން ބުނެ އެވެ. އަދި ހަމަ އެހެންމެ މި ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން އެ ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖްގައިވާ ގޫގުލް ފޯމު ފުރަން ޖެހޭނެ ކަމަށް ޓްރީޓޮޕްއިން ބުނެއެވެ.

މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ޑޮކްޓަރު ޑރ. އަނީތާ ގޯރަކީ އިގިރޭސިވިލާތުގެ ބްރިޓިޝް ފާޓިލިޓީ ސޮސައިޓީގެ ސެޓްފިކެޓާއި، ތަމްރީނު ލިބިފައިވާ އަދި އެކްރެޑިޓް ކޮށްފައިވާ ފާޓިލިޓީ ސްޕެޝަލިސްޓެކެވެ. މި ދާއިރާގައި އައިވީއެފް ގެ ހިދުމަތް ދެއްވަވާތާ 20 އަހަރުގެ ތަޖުރިބާ ކުރި ޑޮކްޓަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް