ads
މޫސުން ރަނގަޅު ވުމާއެކު އަމީނީމަގުގެ މަސައްކަތް އަލުން ފަށުން
މޫސުން ރަނގަޅު ވުމާއެކު އަމީނީމަގުގެ މަސައްކަތް އަލުން ފަށައިފި
ގަދަ ވިއަސާރައާއި ގުޅިގެން މެދުކެނޑިފައި އޮތް އަމީނީމަގުގެ މަސައްކަތް، މޫސުން ރަނގަޅުވުމާއެކު އަލުން ފަށައިފި އެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފައިވަނީ މޫސުން ރަނގަޅަށް އޮތުމާއެކު އަމީނީމަގުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށާއި، މޫސުން ތަންދޭނަމަ ކުރިންވެސް ކުރަމުން އައިގޮތަށް 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އާރުޑީސީން އަމީނީމަގުގެ މަސައްކަތް އިއްޔެ މެދުކަނޑާލީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެންނެވެ. 

އަދި އެކަމާ ގުޅިގެން މަގުގެ މަސައްކަތް ކުރާ ސަރަހައްދުގައި ހިނގާބިނގާވެ އުޅުމަށް ރައްކާތެރި ނުވާނެތީ، އެ ސަރަހައްދަށް އާންމުން ނުވަނުމަށްވެސް އެ ކުންފުނިން އިއްޔެ އިލްތިމާސްކުރި އެވެ.

އަމީނީމަގު ހެދުމުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެންމެ ފަހު ސެގްމެންޓްގެ މަސައްކަތެވެ. އަދި މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން އެ މަސައްކަތް ނިންމުމަށް އާރުޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަމީނީމަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް އެމަގު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީން ފެށީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މިދިޔަ ސަރުކާރުން ފެށި އެ މަސައްކަތް ދިގުލައިގެން ގޮސް، ވެރިކަން ނިމުނު އިރުވެސް އެ މަސައްކަތް ވަނީ ނިމޭގޮތް ނުވެފަ އެވެ.

އަމީނީ މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން ހުޅުވުމަށް އެކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް