ads
ބާރުގަދަ ބިންހެލުމުގައި ޖަޕާނަށް ބޮޑެތި ގެއްލުންތަކެއް
ޖަޕާނުގެ މެދުތެރޭ ސަރަހައްދަށް 7.5 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމާއެކު ސުނާމީ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މި ބިންހެލުމުގެ އަސަރު ވެރިރަށް ޓޯކިޔޯގެ އިތުރުން ކަންޓޯއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފުރަތަމަ އައި ބިންހެލުމަށް ފަހު ވެސް ނޯޓޯ ޕެނިންސިއުލާ އަށް 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި ލޮޅުންތައް އެރި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓު ކުރި އެވެ. ޖުމްލަ 16 ލޮޅުމެއް އެރި މި ހިސާބަށް ފަސް މީޓަރު އުސްމިނުގައި ސުނާމީ އަރާފާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޖަޕާނުގެ މެޓް އޮފީހުން ބުނީ މެގްނިޓިއުޑްގެ ބާރުމިނުން ފެށިގެން 7.6 މެގްނިޓިއުޑްގެ ބާރުމިނާ ހަމައަށް ބިންހެލުންތައް އައިސްފައިވާ ކަމަށެވެ.

ސުނާމީގެ އިންޒާރު ދިނުމާ އެކު އިޝިކަވާގެ އިތުރުން ނީގަތާއާއި ޓޮޔާމާ ޕުރޮވިންސުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފަ އެވެ. ބިންހެލުމާ ގުޅިގެން ބައެއް މީހުންގެ ގެދޮރާއި އިމާރާތްތައް ވެއްޓި، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފަ އެވެ.

ޖަޕާންގެ ސަރުކާރުގެ ތަރުޖަމާނު ޔޮޝިމަސާ ހަޔާޝީ ވިދާޅުވީ ބިންހެލުމާ ގުޅިގެން ބައެއް އިމާރާތްތައް ވެއްޓި، އެ އިމާރާތްތަކުގެ ދަށުގައި ބައެއް މީހުން ތާށިވެފައި ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ރަސްމީކޮށް އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އަދި މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

އަދި ބިންހެލުމުގައި ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.


ބިންހެލުމުގެ އަސަރު ނިއުކްލިއާ ޕްލާންޓަކަށް ވެސް ކޮށްފައި ވާއިރު އެތަނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް، އެތަން އޮޕަރޭޓްކުރާ ޓެޕްކޯ އިން ވަނީ ބުނެފަ އެވެ.   

ޖަޕާނުގެ އިރުއުތުރަށް 2011 ވަނަ އަހަރުގެ މާރިޗް މަހު ވެސް ވަރުގަދަ ބިންހެލުމަކާއެކު ސުނާމީއަށް އައިސްފައިވެ އެވެ. އެ ފަހަރު އެރި ސުނާމީގައި ޖަޕާނުގެ ފުކުޝިމާގެ ރަށްތައް ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ. އެ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި 20,000 އެއްހާ މީހުން ދުނިޔެ ދޫކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް