ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ ވަނީ 31 އަހަރުގެ ސިފައިންގެ ވަޒީފާގައި ހިދުމަތް ކުރައްވާފައެވެ.
އޭނާ އެންމެ ފަހުން ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
މޭޖާ އަހުމަދު އަބްދުﷲ ވަނީ ސިފައިންގެ ހިދުމަތުގައި ގިނަ ކޯސްތަކެއް ފުރިހަމަކުރައްވާފައެވެ.
މޭޖާ އަހުމަދު އަބްދުﷲ ވަނީ ސްޓްރެޓެޖިކް މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކުރައްވާފައެވެ.