މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލު ކުރަނީ މަދު އިދާރާކުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ، އެ ގާނޫނު ފާސްކުރިތާ 10 އަހަރުވުމާ ދިމާކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު، ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ 10 އަހަރުވީ މިދިޔަ ހަފްތާގައެވެ.
އާހިދު ވިދާޅުވީ، މި ދިޔަ 10 އަހަރުގެ ތެރޭގައި 18000 އަށްވުރެ ގިނަ، އާރުޓީއައި ރިކުއެސްތް އާއްމު އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވަމުން އާހިދު ވިދާޅުވީ، މަދު އިދާރާއަކުން ނޫނީ އަދިވެސް ފުރިހަމައަށް އެ ގާނޫނަށް އަމަލު ނުކުރާކަމަށެވެ.